އެންމެ ފަހުގެ

ދެ އާލަމަށް މަތިވެރި ނަބިއްޔާ

ދެ  އާލަމަށް  މަތިވެރިވީ  ނަބީއަކީ  ތިޔައޭ

                     މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ

                * * * * * *

ޝިރުކު ޖަހާލަތުގައި ދުނިޔެ ބަނަވެފައި ވަނިކޮށް

           ކުފުރުގެ  ވާދީގައި  ޣަފްލަތުން  އެކީ  ވަނިކޮށް

                           އިތުރު އިލާހު ފޮނުއްވެވި ރަސޫލަކީ ތިޔައޭ

 

ނަސީބުވެރި ހެޔޮ ފުރުސަތު މި އުންމަތަށް ދެއްވައި

           ޚަސީލަތުން  ދީލަތިކަން  މުޅީން  އެކީ  ފަތުރައި

                           ވަސީލަތެއްކަމުގައި  ވީ ބަޝީރަކީ ތިޔައޭ

 

ޒަމާން ބަދަލު ވިޔަކަސް ބަދަލުވުން ނުވާ ދީނެއް

           އަމާންކަމާ ސުލްހައިން ބަދަހިކަން ގެނައި ޖީލެއް

                           ތަމާމުކޮށް ދެއްވެވި ސާހިބާއަކީ  ތިޔައޭ

_______________________

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.