އެންމެ ފަހުގެ

ދެ އާލަމަށް މަތިވެރިވި ނަބިއްޔާ

ދެ އާލަމަށް މަތިވެރިވި ނަބިއްޔަކީ ތިޔައޭ

މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ

 ** ** ** ** ** **

ޝިރުކު ޖަހާލަތުގައި ދުނިޔެ ބަނަވެފައި ވަނިކޮށް

ކުފުރުގެ ވާދީގައި ޣަފްލަތުން އެކީ ވަނިކޮށް

އިތުރު އިލާހު ފޮނުއްވެވި ރަސޫލަކީ ތިޔައޭ

 ދެ އާލަމަށް މަތިވެރިވި ނަބިއްޔަކީ ތިޔައޭ

މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ

….

ނަސީބުވެރި ހެޔޮ ފުރުސަތު މި އުންމަތަށް ދެއްވާ

ޚަސީލަތުން ދީލަތިކަން މުޅިން އެކީ ފަތުރާ

ވަސީލަތެއްކަމުގައި ވީ ބަޝީރަކީ ތިޔައޭ

ދެ އާލަމަށް މަތިވެރިވި ނަބިއްޔަކީ ތިޔައޭ

މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ

…..

ޒަމާން ބަދަލު ވިޔަކަސް ބަދަލުވުން ނުވާ  ދީނެއް

އަމާންކަމާން ސުލްހައި ބަދަހިކަން ގެނައި ޖީލެއް

ތަމާމުކޮށް ދެއްވެވި ސާހިބާއަކީ ތިޔައޭ

ދެ އާލަމަށް މަތިވެރިވި ނަބިއްޔަކީ ތިޔައޭ

މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ

 

މިއީ، ޝަލަބީ އިބްރާހީމްގެ “ހިދާއީ ނޫރު” އަލްބަމަށް ހަދައިދިން މަދަހައެކެވެ.

Readers Comments (1)

  1. އަޅުގަނޑު ފޯނުން ބެލީމާ އިންނަނީ އެކި ލައިން އެކި ގޮތަށް. ވަރަށް އުދަގޫވޭ

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.