ކޮންމެ އަކުރެއް ކިޔެވުމުން ދިހަ ގުނަ ސަވާބު ލިބޭ ފޮތެއް
އެންމެ ފުރިހަމަ ނިޢުމަތާ ރަޙުމަތުގެ މަގު އަންގާ ފޮތެއް
_____
މާތް އިލާހީ ޙަޟުރަތުން އިންސާނުނަށް މަގު ދައްކަވަން
މާތް ނުހަނު ގިނަ މުޢުޖިޒާތްތައް އެކުލެވޭ މަތިވެރި ފޮތެއް
އުފުލުމާ އުނގަނައިދިނުން ވެސް ދަރިމަވެރިކަމުގައި ވެދާ
ނަފުސުތައް ޠާހިރު ކުރަން އޮތް ބަދަލުވުން ނުމެވާ ފޮތެއް
_____
ދިރިއުޅުން ބައްޓަން ކުރަންވީ ހަރުދަނާވި އުސޫލުތައް
ކުރިފަހަށް މަންފާ ލިބޭހެން ހާމަކޮށްދޭ މޮޅު ފޮތެއް
އަޅުކަމާ ތަޤުވާގެ މަގުގައި ކުރިއަރާ ދިއުމަށް ޓަކައި
އަޅުތަކުން ރަނގަޅަށް ބަލަންވީ ދަރުސުތައް ހިމެނޭ ފޮތެއް
_____
ދުނިޔެއާ އާޚިރަތުގައި މަންފާ ލިބޭ ހުރިހާކަމެއް
އުނިކަމެއް ނެތި ސާފުކޮށް ލިޔެވެވި ބަޔާންކޮށްދޭ ފޮތެއް
ހެޔޮކަމުން ނޫނީ ސަލާމަތްކަން ނުވާ ބޮޑު ދުވަހުގައި
ހެޔޮ ޝަފާޢަތް އެންމެނަށް ލިބެވިދާ ކީރިތި ފޮތެއް
** ** ** **
ޚިޔާލު ފޯމު