(ރާގު: ތާޒާވެ ފަލަކު)
އާލާވެ އިތުރު އުންމީދު ގެނައި
ދީނޭ މި މާތް ދިރުވަން ވާނީ
މަތިވެރިވީ ނަސީބުގެ އިމަކީ މިޔޭ
ދީނޭ މި މާތް ދިރުވަން ވާނީ
އޯ…
ރޯޝަންވެ ހަޔާތުގެ ނޫރޭ މުޅީން
ފެތުރޭނޭ ޔަގީނުގެ ރޫހުގައޭ
ހެޔޮ ޢަމަލުން ފުރާ މުޅި ނަފުސާ ހިތާ
ދީނޭ މި މާތް ދިރުވަން ވާނީ
އާލާވެ އިތުރު ……………
ލޯބީގެ ކުލުނު ފަތުރާ ހެޔޮ ހިތުން
ރަހުމާއި އަޅައިލުން ފަހިވާ ގޮތުން
އަޚުކަން ގުޅުވައި ދީން ދައްކާ މަގުން
ދީނޭ މި މާތް ދިރުވަން ވާނީ
އާލާވެ އިތުރު ……………
ޞަލަވާތާ ސަލާމުން ކޮށް ހާސް ވެދުން
މަތިވެރިވި ރަސޫލަށް ކިޔަމަންވެގެން
ޚާލިޞްވެ ހިތުން ކޮށްގެންނެ ދުއާ
ދީނޭ މި މާތް ދިރުވަން ވާނީ
އާލާވެ އިތުރު ……………
___________________
ނޯޓު: މިއީ، އަޒްހާ މުޙައްމަދު އިބްރާހީމް ހ. ސުވާސާ މަންޒިލްއަށް ހަދައިދިން މަދަހައެކެވެ.
10.10.2024
ޚިޔާލު ފޯމު