އެންމެ ފަހުގެ

ހަނދާނުގެ ތެރެއިން: ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލް އަޒްހަރީ

ހަނދާން އާވެދާ އެއީ ދިވެހި ދަރިއެކ

ހަނދާނުން ނުދާނޭ ވަފާތެރިއެކޭ

 

ނުވާ އާއިލީ މޮޅުކަމެއް ލިބެވިފައި

އުވައިލެއްވި ވަހުމެއްގެ ބާނީއެކޭ

 

ޢުލޫމުގެ ޖިހާދަށް ކަމަރު ބަންނަވައި

ޢުލޫމުގެ އަގުން ވިދި ޝަރަފުވެރިއެކޭ

 

މަޖީދީ ހިޔާ އުފެދިގެން އައި ހިނދުން

މަތީ އައްވަލުން ފެވުނު އުސްތާޒެކޭ

 

ބަހަށް ނުހަނު ކުޅަދާނަ ހުނަރާ އެކީ

ބަހަށް ދިވެހި، އަރަބީގެ ވިދި ތަރިއެކޭ

 

އެތައް ގިނަ މަގާމެއް ފުރުއްވާ މަތީ

އެތައް ޚިދުމަތެއް ދެއްވި ތެދުވެރިއެކޭ

 

ވަކާލާތުގައި އިސްވެ ދެމި ހުންނަވައި

މަގާމަށް ސިހުން ނެތް އަދުލުވެރިއެކޭ

 

ތަފާތެއް ނުވާ ހައްގު ސީދާ ބަހުން

ލަފާދެއްވި ދީނީ ފިގުހުވެރިއެކޭ

 

ވަލީއާ ރިޔާސަތުގެ ކޮމިޓީތަކުން

މަތީ ޖާގަ ހޯއްދެވި ގަދަރުވެރިއެކޭ

 

ނަސީބުގެ އެތައް ރޯޅިތަކަކާ އެކީ

ނަތީޖާ ބަދަލުކުރުވި ކެތްތެރިއެކޭ

 

ސިޔާސީ އެ މިނިވަން ޖިހާދުގެ ތެރޭ

ސިޔާސަތު ނުހަނު މޮޅު ހުނަރުވެރިއެކޭ

 

………….

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.