އެންމެ ފަހުގެ

އއ.މާޅޮހު ޅެންވެރިންގެ ދުވަސް 2024ގެ މަރުހަބާގެ ލަވަ

މާޅޮހުން އުފަލުގައި މަރުހަބާ މިއަދު ދަންނަވައިލަމޭ

ލޮބުވަތައި ތިބީމޭ  ހެޔޮ ހިތުން ޝުކުރު  ޚާއްސަކުރީމޭ

ވަޑައިގަތުމުން އުފަލޭ  ވަޑައިގަތުމުން އުފަލޭ 

ވެދުން ކުރީ ހެޔޮހާ އެދުމޭ 

ވަޑައިގަތުމުން އުފަލޭ  ވަޑައިގަތުމުން އުފަލޭ 

_

ހިތްތައް ފުރިފައި މި ވަނީ މެހުމާނުންނާ އެކު  ވީމާ

ހިތްހަމަޖެހުމޭ ލިބެނީ ޝަރަފެއް ދިޔަފަދަ ދެއްވީމާ

އެދެނީ ގާތްކަން ހިތަށް އިހުސާސްވެ ރޫހަށް ދިރުމޭ

ތެދެކޭ ތިޔައީ ދެވަނަ ބައެއް ނޫނެ ހިތާށޭ

ވަޑައިގަތުމުން އުފަލޭ  ވަޑައިގަތުމުން އުފަލޭ 

ވެދުން ކުރީހެޔޮހާ އެދުމޭ

ވަޑައިގަތުމުން އުފަލޭ  ވަޑައިގަތުމުން އުފަލޭ 

_

މާޅޮސް މި ވަނީ މިއަދު ހިތްހަމަޖެހި އަލިވެ އުޖާލާ

މާތައް ހުރިހާ ފޮޅޭ އެއްކޮށްގެން އެކުވެ ގަތައިލާ

ވެދުމަށް އަރުވަން ނުހަނު ލޯތްބާ އެކު މެހުމާނުންނަށް

އެދެނީ ހެޔޮހާ ދުޢާ  ފާގަތިކަން އަބަދު އެދޭތީ

ވަޑައިގަތުމުން އުފަލޭ  ވަޑައިގަތުމުން އުފަލޭ 

_____________

މިއީ، ލިޔުންތެރިންގެ ގުޅުމާއި އއ. މާޅޮހު ކައުންސިލާ ގުޅިގެން އެ ރަށުގައި ފާހަގަކުރި، 2024ވަނަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މެހުމާނުންނަށް މަރުހަބާ ދެންނެވުމަށް މާޅޮހު ކައުންސިލުން އެދިވަޑައިގެން ހަދައިދިން ލަވައެކެވެ. 

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.