އެންމެ ފަހުގެ

ހިތް ނިޔަތް ޚާލިސްކުރާށޭ

ހިތް ނިޔަތް ޚާލިސްކުރާށޭ ހެޔޮ ޢަމަލު ކުރުމާ އެކީ 

     ހިތް އެދޭ ގޮތް ނުވެވި ދިޔަޔަސް ވީ ގޮތަށް ރުހުމާ އެކީ

ކޮންމެ އަޅަކަށް ވެސް ނަސީބުގެ މިންވަރެއް ކަނޑައެޅިވެއޭ

     އޮންނަ މަތިވެރި މާތްވި  ޤާނޫނަށް ތަބާ ވެވުމާ އެކީ

އަނެކުނަށް ވެސް ލައްވަވާކަން ރަޙުމަތާ ހެޔޮ ދަރުމަޔާ

     ދަނެ ޙަސަދައިން ދުރުވެ ތިބުމޭ ބޭނުމީ  އުފަލާ އެކީ

ގާތް އަޚުންނަށް ނަފުރަތާ  އެކު ދެކޮޅުވެރިކަން ދެއްކުމީ

     މާތް އިލާހުގެ ރުއްސެވުން ދުރުވާނެ ކަމެކޭ އެކަމަކީ 

ދައުރުވެވި ދުނިޔޭގެ ދަންފަޅި ހަމަވުމުން ފަސްގަނޑުދަށަށް

     ނައުމުގައި އަބަދަށްމެ ދާން ޖެހެޔޭ  ކަފުން ލެވުމާ އެކީ

ދެރަވަނީ ވިސްނާނުލައި ހޯދޭ ކަމުން ވަގުތީ އުފާ

     ކުރެވެނީ ހެޔޮހާ ދުޢާ އެންމެގެ ހިމެނޭ ހެން އެކީ

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.