ރަޙްމަތުގެ ނޫރު ހޯދަން ފަސްނުޖެހި ދެމިތިބޭ
ރަޙްމާނުވަންތަ ރައްބުގެ ނިޢުމަތް އަދައި ތިބޭ
** ** ** ** **
މަތިވެރިވި ފަސް ނަމާދަށް އިސްކަން ދެވޭ ގޮތުން
މަތިވެރި ހިސާބު ފުރަތަމަ ބެލެވޭނެ އަޅުކަމުން
މަތިވެރި މަގާމު ހޯދަން ވަގުތަށް ސަމާލުވޭ
ރަޙްމަތުގެ ނޫރު ހޯދަން ފަސްނުޖެހި ދެމިތިބޭ
ރަޙްމާނުވަންތަ ރައްބުގެ ނިޢުމަތް އަދައި ތިބޭ
…….
މަތިވެރި ސަވާބު ތެދެކޭ ލިބެވޭށި މާތް ފޮތުން
މަތިވެރި އުސޫލުތައް ވެސް ފާޅުވެ އެނގޭ ގޮތުން
މަތިވެރިވި ނޫރު މާދަން ހޯދަން އެދިގެން ސަމާލުވޭ
ރަޙްމަތުގެ ނޫރު ހޯދަން ފަސްނުޖެހި ދެމިތިބޭ
ރަޙްމާނުވަންތަ ރައްބުގެ ނިޢުމަތް އަދައި ތިބޭ
…….
މަތިވެރި އިލާހު ތެދެކޭ އިންސާފު ދެއްވައޭ
މަތިވެރި ނަސީބު ލިބުމަށް ތަޤުވާގެ މަގުވެއޭ
މަތިވެރިވުމަށް އެދޭ ނަމަ މި މަގަށް ސަމާލުވޭ
ރަޙްމަތުގެ ނޫރު ހޯދަން ފަސްނުޖެހި ދެމިތިބޭ
ރަޙްމާނުވަންތަ ރައްބުގެ ނިޢުމަތް އަދައި ތިބޭ
މިއީ، އަލްއަޚް ޢަލީ ރަމީޒުގެ “ވިނަވި” އަލްބަމަށް ހަދައިދިން މަދަހައެކެވެ.
ޚިޔާލު ފޯމު