އެންމެ ފަހުގެ

އަމާންކަން މިދީބުގެ އަބަދު ބާއްވަމާ

އަމާންކަން މިދީބުގެ އަބަދު ބާއްވަމާ

              އަދާ މާދަމާއަށް އުފާ ހޯދަމާ

       * * * * * * * *

މި ގައުމުގެ ކަރާމާތް ބަދަލުނުވެ އޮތުން

        މި ގައުމުގެ ދަރިން އަބަދުވެސް އެދި ވަމާ

އަމާން ސުލްހަވެރި ޖީލަކުން ޖީލަކަށް 

        ޒަމާނުގެ ހުރަސްތައް ގިރާކޮށް ދަމާ

އެތެރެއާއި ބޭރުން ވިޔަސް ނުގޮތުގައި 

        އެތެރެ ހަޑިކުރަން ފުރުސަތެއް ނުމެ ދެމާ

ތިމާއަށް ރަނގަޅު ގޮތް ރަނގަޅުކޮށް މުޅިން 

        ދިމާއަށް އެހެން އެންމެނަށް ނުބަލަމާ

ޚިޔާލުގެ ތަފާތެއް އޮތަސް ހިތުތެރޭ

        ނިޔާ ގައުމު ދައްކާ ބަލައި ގަންނަމާ 

ހިތާ ރޫހު މިބިމަށް ފިދާކޮށްލުމަށް 

        މިތާ ޖާނުދީ ދާން ފަހަށް ނުޖެހެމާ

 


ނޯޓު: މިއީ 1429 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނެރުއްވި “ގައުމީ ލަވަ” އަލަބަމަށް ހަދައިދިން ލަވައެކެވެ.

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.