އެންމެ ފަހުގެ

ލޯބީގެ ޝަކުވާ

ރާގު: ސައުސާލު ޕަހެލޭ 

ލޯބީގެ ޝަކުވާ ކުރަންހޭ ދިމާ ކުރީ ކުރަންހޭ ދިމާކުރީ

ތިޔަހެން އުޅެން ހެޔޮވާނެހޭ ދެން ބުނީމޭ

އިތުބާރުދީފައި ތިޔަހެން ކުރީ ބޭގަރާރުތާ ކުރީ ބޭގަރާރުތާ 

ތިޔަހެން އުޅެން ހެޔޮވާނެހޭ ދެން ބުނީމޭ 

ހިތްދީފައި އަތުލީމާ ފިކުރު ބޮޑުވާނެ އެނގޭ ނޫންހޭ

ދެން ގޯނާކޮށް ހިތުގައި ލަކުނު އަނިޔާގެ ތިލެއްވީހޭ

އެދޭ ލޯބި ހޯދަން އެދުމުން ކުރީ ހިތް ހަލާކުތާ ކުރީ ހިތް ހަލާކުތާ

ތިޔަހެން އުޅެން ހެޔޮވާނެހޭ ދެން ބުނީމޭ 

އިތުބާރުދީފައި ތިޔަހެން ކުރީ ބޭގަރާރުތާ ކުރީ ބޭގަރާރުތާ

ތިޔަހެން އުޅެން ހެޔޮވާނެހޭ ދެން ބުނީމޭ 

ތީ ބަހަނާއޭ ދައްކާ މަށަށް ވިސްނޭނެކަމެއް ނޭނގެހޭ

ދުނިޔޭން ލިބޭނެ މަންފާގެ މަސްތު ޝަރާބު މަ ބޯންވީހޭ

ދަންމަޅި ޖެހެން ޔަގީނުން މަ  ރުހިގެން އުޅޭނެތާ  މަ ރުހިގެން އުޅޭނެތާ

ތިޔަހެން އުޅެން ހެޔޮވާނެހޭ ދެން ބުނީމޭ 

ލޯބީގެ ޝަކުވާ ކުރަންހޭ ދިމާ ކުރީ ކުރަންހޭ ދިމާކުރީ

ތިޔަހެން އުޅެން ހެޔޮވާނެހޭ ދެން ބުނީމޭ

 

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.