އެންމެ ފަހުގެ

ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ހެޔޮ ޒިކުރާ

ލޯބިލޯބިން އެންމެނާ ގުޅުމެއް ރަނގަޅު ދެމެހެއްޓެވީ
ލޯބިވެތި އެ ހަނދާންތަކުން ކަރުނުން ދެލޯ ތެމިފޯއެވީ

މަދަރުސީ ދައުރުގެ އަޚުންނާ ވެސް ދެ ގޮތް ބަދަލެއްނުވާ
މަދަދުވެރި ހެޔޮ ގާތް ގުޅުންތައް ފަހު ވަގުތު ވެސް ބޭއްވެވީ

“ރީތި ނަން ލިބުމެއް ނުވާ” ފަނޑިޔާރުކަމުގައި ޖީލަކަށް
ރީތިކޮށް ނަންފުޅު ވިދާހެން އަޒުމުގައި ދެމި ހުންނެވީ

މިންވަރަށް ރުހިގެން އިލާހީ، ވޭނުގައި ކެތްތެރިވެގެން
މިންކުރަން ނޭނގޭނެހާ ހިތްވަރު ނަމޫނާ ދެއްކެވީ

ހާދަ ބައެކޭ ހެޔޮ އެދޭ އެތަނުން އެރޭ ފެނިގެން ދިޔައި
ހާދަ ހެޔޮ ތާރީފުތަކެކޭ ހިތުގެ ޚާލިސް އިއްވެވީ

ޔާ އިލާހީ އަޚް ޝުޢައިބަށް ޖައްނަތުލް ފިރުދައުސުގައި
ދާއިމީ މަތިވެރި މަޤާމެއް އެދި ދުޢާ ތަކުރާރުވީ

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.