އެންމެ ފަހުގެ

ކީއްވެގެން

ދީނުގައި ނެތްފަދަ،  ނިކަން  ހަރުކަށިކަމަށް  މަގުހުޅުވަމުން
ދީން ގެނެސްދިން  މާތް ސަމާޙަތު ނެތި ކުރަންވީ ކީއްވެގެން

ޤަތުލުކޮށް   ލޮބުވެތި  އަޚުންނާ  އުޚްތުނާ  ފިކުރެއްނުކޮށް
މަގުތަކުންމެ   އަމާންކަމެއްނެތި، ބިރު އޮތީ އަދު ކީއްވެގެން

މުސްލިމުން  ނަމުގައި ކިޔަސް  ޢަމަލާއި ބަސް ސީދާނުކޮށް
އުސްކުރަން  ޤަދަރެއް  ލިބޭތޯ  ހިތްކިޔަންވީ   ކީއްވެގެން

ވިސްނުމާ،  ފިކުރާ،  ޚިޔާލާ،  ދީނުގައިވާ    ހަމަތަކުން
އިސްކުރަން ފުރުސަތު ނުހޯދައި  ފަސްޖެހެންވީ  ކީއްވެގެން
———-

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.