ޤައުމީ ޖިހާދުގެ ރަންވަނައިން ވިދަމުން ދަނީ ޢަލި ރަސްގެފާން
އަޢުލާ މަޤާމެއް ޙައްޤު ވެވި ލިބިގެން ވަނީ ޢިއްޒަތުގެ ޝާން
ދުޝްމިން ފުށެތިކާލުން ކިބައިން ލޮބުވެތި ވަޠަން ކުރުމަށް ދިފާޢު
އިސްކޮށް ކުރެއްވި ޖިހާދަކުން ނަންފުޅު އުފުލި ފެތުރިއްޖެ ފާން
ލޮބުވެތިވި ދަރިކަނބަލަށް ޓަކައި ލޯތްބާ ކުލުނު މަތިވެރި ވިޔަސް
ލޮބުވެތި ދެމައިންނަށް ދެއްވި ހިތްވަރުފުޅު އެއީ ޢަޒުމުގެ ނިޝާން
ފަހު ނޭވަޔަށް ދާންދެން ޖިހާދު ކުރެއްވެވީ ޤައުމަށް ޓަކައި
ރަޙުމަތްފުޅުން އެދިގެން ނަޞްރު ނޫނީ ޝަހީދުވެ މަރުވެދާން
ނޯޓު: މިއީ 1440 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނެރުއްވި “ބަތަލުން” އަލަބަމަށް ހަދައިދިން ލަވައެކެވެ.
ޚިޔާލު ފޯމު