ދުވަހުގެ ޝުޢޫރު
ރަޙުމަތާ ފުއްސެވުމުގައި ނޫނީ މި މަސް ނިމިގެން ނުދާށި ރަޙުމަތުން މަތިވެރި އިލާހުގެ ރުއްސެވުން އޮހިގެންމެ ދާށި 27 މާރިޗު 2025…
ރަޙުމަތާ ފުއްސެވުމުގައި ނޫނީ މި މަސް ނިމިގެން ނުދާށި ރަޙުމަތުން މަތިވެރި އިލާހުގެ ރުއްސެވުން އޮހިގެންމެ ދާށި 27 މާރިޗު 2025…
ވައުޒާ ނަސޭހަތް އަޑުއަހައި ހެޔޮކަމުގެ މަގުގައި ކުރިއަރާ ފަހު ރޯދަމަސް ކަމުގައި ވިޔަސް ދެރައެއް ނުވާހެން އުޅެލަމާ
ޤުރްއާންގެ މައްސަރުކަން ޔަގީންވާތީ އެ މާތް ގަދަރާ އެކީ ޤުރްއާން ތިލާވަތުކޮށް ހަޔާތަށް ބާއްޖަވެރިކަން އެދި ވަމާ
ސުންނަތްކަމެއް ވެސް ފަރުޟު ފަދަ ދަރުމައިގެން މިންކުރެވޭކަމުން ފުން ނަޒަރުދީ ހަތްދިހަ ލިބޭ ފަރުޟަށް އިތުރު ހިތްވަރު ލަމާ
ފުރަތަމަ ދިހައިގައި އެކުލެވޭ ރަޙުމަތް ލިބުން އެދިގެން އަލުން ހުރަހެއް އޮތަސް ނައްތައިލަމުން ހެޔޮހައި ޢަމަލު އިސްކޮށްލަމާ
މަތިވެރިކަމެއް ފަރުޟުގެ ތެރެއިން ދެވިފައި މިވާ މާތް ރޯދައަށް މަތިވެރި އިލާހު އެ ދެއްވަވާ އަޖުރަށް އަދައި ކުރިޔަށް ދަމާ
ތަޤުވާގެ މަގުގައި ކުރިއަރައިދާން ލިބި މި އޮތް ފަހި މަގު ބަލައި ވަގުތާ އެކީ ހުރުމަތްތެރިވި ފުރުސަތު ނުދޫކޮށް ހޯދަމާ
ރަމަޟާން ކަރީމުގެ މާތް ޝަރަފު ހިތުގައި ތަސައްވުރު ކޮށްލަމާ ޢަމަލާ ބަހުން އެދިގެން ސަވާބަށް ހެޔޮ ޢަމަލު ގިނަ ކޮށްލަމާ
ބަރަކާތްތެރިވި ރަމަޟާން އިއާދަ ކުރައްވަވާށިއެ އަޅަމެނަށް ބަރަކާތް ސަވާބާ ރަޙުމަތަށް މަގު ފަހި ވެދާށިއެ ދާއިމަށް
ހިތްވަރާ އަޒުމުގެ ނަމޫނާ މާތް ދަރީންނެއް ހުސް ނުވާނެ ބިންގަލާ އެއްކޮށް މި ގައުމުގެ އަގުތަކެއް ވިކިގެން ނުދާނެ