އެންމެ ފަހުގެ

ވިސްނުން ބަދަލުވީމާ…..!

ރޮމުންދިޔަހާ ކޮކާ ބަޅިނދާ އުފާކޮށް އުދުހެމުން ނަށަމުން
ބޮމުންދާ ޝަބްނަމުގެ ތިކިތައް  ތިމާޔަށް ދެން ނުލިބުނީމާ. 

ނަދާތައް  އިއްވަމުން  ބުލްބުލްތަކާ މުނިޔާތަކާ އެކުގައި
ނަށައި ފަރި ރާގުތައް ކުޅުނަސް ހިތަށް ދިރުމެއް ނުލިބުނީމާ. 

ގަހަށް ލޯބިން ގަހުގެ ދޮންފަތްކޮށައި ނަލަކަން ގެނެސްދީގެން،
ގަހަށްދިރުމެއް ލިބޭއިރުވެސް  ކަނޑައިލަން  ނަފުރަތުން އައިމާ. 

ވުޖޫދުގެ ކޮންމެ ހިނދުކޮޅަކުން ލިބޭ ދިރުމަށް ނުވިސްނާލާ
އުޖޫރަ ލިބޭ  ފަރާތަށް  މޫނު  ދައްކަން   ފުށްޖަހައިލީމާ. 

ހަނދެއް ބޭނުންނެތޭ އަލި ހޯދުމަށް، އިރު މެދުއުޑަށް އެރުމުން
ލަދެއް ގަންނަން  ޖެހޭތީ ތަރިތަކާ ހަނދު ގޮސް  އޮބާލީމާ. 

ޚިޔާލަށް އަންނަ ތަސްވީރުން ހަގީގަތް  ހާމަވާން ފެށުމުން
ކިޔާ ލަވަޔާއި ބެރު އޮޅިގެން،  ދެފައިމެހި ވެއްޓި ތަދުވީމާ. 

ހިތުން އުންމީދުކުރި މަންޒިލްގެ އެއްވެސް ކުލަވަރެއް ނެތުމުން
ނިތުން ރޫތައް ފިލާގޮތް ނުވެ  ވަތަށް ޖެހި ބޯ އޮބައިލީމާ.              

———————————–

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.