އެންމެ ފަހުގެ

ލޯބިވާ މަންމާ މަގޭ

ލޯބިވާ މަންމާ މަގޭ ކިޔަމަން ވެގެން ހުންނާނަމޭ

ދާއިމީ އުފަލާ އެކީ ޚިދުމަތް ކުރަން ހުންނާނަމޭ

މަންމާ……….. އާއާ….

      ** ** ** **

ރޭދުވާ ތަކުރާރުކޮށް ދިންހާ ނަފާ ބުނެވޭނެހޭ

ހޭދަވީ ހުރިހާ ވަގުތު އަގުކޮށް ދެވެން އޮންނާނެހޭ 

މަންމާ………… އާއާ….

………..

ވިސްނަނީއޭ ކިހިނަކުންހޭ ތިޔަ ބަދަލު ދެވިދާނެހޭ

ދާއިމީ އުފަލާ އެކީ ޚިދުމަތް ކުރަން ހުންނާނަމޭ

މަންމާ………… އާއާ….

………..

އެންމެ ފަހަރަކު ވެސް ހަނދާން ނުނެތޭނެޔޭ މަންމާ މަގޭ

ޚިޔާލުގައި އަބަދަށް ވަނީ ތިޔަ ލޯބިވެތި ފިރުމުންތަކޭ

މަންމާ………… އާއާ….

ދާއިމީ އުފަލާ އެކީ ޚިދުމަތް ކުރަން ހުންނާނަމޭ

………..

ހިތް މަގޭ ތިޔަ ރޯޝަނީ ނޫރަށް މުޅީން ޤުރްބާން މެޔޭ

ދާއިމީ އުފަލާ އެކީ ޚިދުމަތް ކުރަން ހުންނާނަމޭ

ލޯބިވާ މަންމާ މަގޭ ކިޔަމަން ވެގެން ހުންނާނަމޭ

ދާއިމީ އުފަލާ އެކީ ޚިދުމަތް ކުރަން ހުންނާނަމޭ


މިއީ، އިސްކަންދަރު ސުކޫލުގެ އަލްބަމަކަށް ހަދއިދިން މަދަހައެކެވެ.

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.