އެންމެ ފަހުގެ

ޙަމްދު ތާރީފާ ސަނާ

ރާގު: ހޭލަމުން ތައްޔާރު ވެވެމުން އަންނަ މާތް ހެޔޮ އުންމަތޭ

ޙަމްދު ތަޢުރީފާ ސަނާ ހަމަ ޙައްޤުވޭ މާތް ޙަޟުރަތަށް

ވަންތަ ކީރިތި ޖައްލަ ރައްބީ ދެއްވަވާ މާތް ނިޢުމަތަށް

ޞިއްޙަތާ ހެޔޮ ޢާފިޔާއާ ރޯދި ބަރަކާތާއެކީ

ޢިލްމު ހިލްމާ، ގިނަ ނަސީބުގެ މިންވަރެއްނެތް ރަޙްމަތަށް

                     ވަންތަ ކީރިތި ޖައްލަ ރައްބީ

މާދަމާގެ އުފާ ހަޔާތަށް ހޯދިދާނޭ މަގުތަކުން

ލާބަހުރި އަޅުކަންތަކެއް މިންވަރު ވެފައިވާ ފުރުސަތަށް

                     ވަންތަ ކީރިތި ޖައްލަ ރައްބީ

ހިތްވަނީ ޚާލިޞްވެފައި އަބަދާ އަބަދު ތެދު ނިޔަތުގައި

ނެތް ޔަގީނުން މާތް އިލާހެއް [ކުން] ގެބަސްފުޅު ދެމިހިނގާ

                     ވަންތަ ކީރިތި ޖައްލަ ރައްބީ

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.