ލައްވާށިއޭ ރަޙްމަތް މިތާ ދެއްވާށިއޭ ތެދުމަގު މިތާ
ފުރިހަމަވީ ނަސީބާ އުންމީދުގައި
ކުރި ހޯދޭނެ މަގުގައި ސާފު މާތް
ހެޔޮ ނިއުމަތް އަދައި މުޅި ރޭދުވާ ކުރިމަތިލަނީ
ކަރުނައިން ދެލޯ ފުރިފާ މިތާ ނިކަމެތި އަޅާ ކުރަނީ ދުއާ
ލައްވާށިއޭ ރަޙްމަތް މިތާ ދެއްވާށިއޭ ތެދުމަގު މިތާ
…
ސިއްހަތުގައި ސަލާމަތް ދުޅަހެޔޮކަމާ
ކުރިއެރިދާ އުފާތައް ހޯދޭނެހާ
ވެވިދޭތޯ ހިތާ ނަފުސާ އެކީ ކުއްތަން ވަނީ
ދަރުމައިގެ މާތް ސުވަރުގެ އަދައި ކެތްތެރިވެގެން ކުރަނީ ދުއާ
ލައްވާށިއޭ ރަޙްމަތް މިތާ ދެއްވާސީއޭ ތެދުމަގު މިތާ
…
ދަތި އުނދަގޫ ހުރަސްތައް ނެތިދާނެހާ
ހިތި ހުރިހާ ތުރާލާ ނެތި ސީދާ
ވުން އެދިގެން ހުރީ އަޒުމާ އެކީ ތައުބާ ވަނީ
އިންސާފުދޭ ދަރުބާރުގައި މިންޖަށް އަދައި ކުރަނީ ދުއާ
ލައްވާށިއޭ ރަޙްމަތް މިތާ ދެއްވާށިއޭ ތެދުމަގު މިތާ
________________________________________________________________________
މިއީ، އަލްއަޚް ޢަލީ ރަމީޒުގެ “ވިނަވި” އަލްބަމަށް ހަދައިދިން މަދަހައެކެވެ.
ޚިޔާލު ފޯމު