ދެ އާލަމަށް މަތިވެރިވީ ނަބިއްޔަކީ ތިޔައޭ
މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ
** ** ** ** ** **
ޝިރުކު ޖަހާލަތުގައި ދުނިޔެ ބަނަވެފައި ވަނިކޮށް
ކުފުރުގެ ވާދީގައި ޣަފްލަތުން އެކީ ވަނިކޮށް
އިތުރު އިލާހު ފޮނުއްވެވި ރަސޫލަކީ ތިޔައޭ
ދެ އާލަމަށް މަތިވެރިވީ ނަބިއްޔަކީ ތިޔައޭ
މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ
….
ނަސީބުވެރި ހެޔޮ ފުރުސަތު މި އުންމަތަށް ދެއްވާ
ޚަސީލަތުން ދީލަތިކަން މުޅިން އެކީ ފަތުރާ
ވަސީލަތެއްކަމުގައި ވީ ބަޝީރަކީ ތިޔައޭ
ދެ އާލަމަށް މަތިވެރިވީ ނަބިއްޔަކީ ތިޔައޭ
މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ
…..
ޒަމާން ބަދަލު ވިޔަކަސް ބަދަލުވުން ނުވާ ދީނެއް
އަމާންކަމާ ސުލްހައިން ބަދަހިކަން ގެނައި ޖީލެއް
ތަމާމުކޮށް ދެއްވެވި ސާހިބާއަކީ ތިޔައޭ
ދެ އާލަމަށް މަތިވެރިވީ ނަބިއްޔަކީ ތިޔައޭ
މި އާލަމަށް ލިބެވުނު ޝަރަފަކީ ޔަގީން ތިޔައޭ
މިއީ، ޝަލަބީ އިބްރާހީމްގެ “ހިދާއީ ނޫރު” އަލްބަމަށް ހަދައިދިން މަދަހައެކެވެ.

ޚިޔާލު ފޯމު