މި ހިތުގެ ދުޢާ އަބަދަށްމެ ފުދިގެން ދާށިއޭ
މި ހިތަށް ތަސައްލީއާ ދިރުން ދެއްވާށިއޭ
******
ކުށް ފާފައިން ޠާހިރުވެގެން ހުރުމަށް ޓަކައި
ކުށްތަކުގެ ހިޔަނިން ވެސް ދުރަށް ދިއުމަށް ޓަކައި
ކުށްތަކުގެ ތައުބާއަށް އަދާ އުޅުމަށް ޓަކައި
ކުށް ކުރެވިދާ ހިނދުގައި ޢަފޫ ދެއްވާށިއޭ
….
ފުރިހަމަ ޙަލާލުވި ރިޤުޒު ދެއްވާ ހެޔޮ މަގުން
ފުރިހަމަވި ދުޅަހެޔޮ ކަންމަތީ ހެލިފެލިވަމުން
ކުރިއަށް ދެވޭނޭ މަގު އަމާނ ކޮށް ދެއްވަމުން
ހުރިހާ ނަސީބުގެ ރަޙުމަތެއް ލައްވާށިއޭ
….
ނިޔަތާ ދުލުން ކުށްތަންވެ ޚާލިޞްކަންމަތީ
ކިޔަމަންކަމާ އެކު އަޅުވެތިވެ ހުރެ ބިންމަތީ
ހިޔަ ފަށް ކުރާ މި ދުއާ މި މަޑުމޮޅިކަން މަތީ
ތިޔަ މާތް އިލާހުގެ ޙަޟްރަތަށް އުފުލޭށިއޭ
ޚިޔާލު ފޯމު