އެންމެ ފަހުގެ

ރަޙުމަތުގެ ނޫރު ހޯދަން…

ރަޙުމަތުގެ ނޫރު ހޯދަން  ފަސްނުޖެހި ދެމިތިބޭ

 ރަޙުމާނު ވަންތަ ރައްބުގެ ނިޢުމަތް އަދައިތިބޭ

* * * * * * * * * * *

މަތިވެރިވި ފަސް ނަމާދަށް އިސްކަން ދެވޭގޮތުން

މަތިވެރި ހިސާބު  ފުރަތަމަ ބެލޭނެ  އަޅުކަމުން

މަތިވެރި  މަޤާމު ހޯދަން  ވަގުތަށް  ސަމާލުވޭ

މަތިވެރި ސަވާބު ތެދެކޭ  ލިބެވޭށި މާތް ފޮތުން

މަތިވެރި އުސޫލުތައްވެސް ފާޅުވެ އެނގޭ ގޮތުން

މަތިވެރިވި ނޫރު  މާދަން  އެދިގެން ސަމާލުވޭ

މަތިވެރި އިލާހު ތެދެކޭ  އިންސާފު  ދެއްވަޔޭ

މަތިވެރި ނަސީބު ލިބުމަށް ތަޤްވާގެ  މަގުވެޔޭ

މަތިވެރި ވުމަށް އެދޭނަމަ، މިމަގަށް ސަމާލުވޭ

________________________

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.